Wednesday, 23 October 2013

ޚިދުމަތްތެރި މުދައްރިސެއް

ހއ. އިހަވަންދޫ ނެދުންގޭ ޖިމީލާ އާދަމް އާއި ހއ. ހޯރަފުށީ އަލަނާސިގޭ މުޚަންމަދު ޔޫސުފްއަށް ލިބިފައިވާ ހަތްދަރިންގެ ތެރެއިމް މެދަށް ހުންނަ އަހުމަދު ރަޝީދަކީ އިހަވަންދޫގެ ގިނަބައެށްގެ މަޤުބޫލުކަން ހޯދައިފައިވާ ފަރާތެކެވެ. ޢާއިލާގައި ތިން ދައްތައިންނާއި ތިން ކޮށްކޮއިން ހުންނަ އަހުމަދު ރަޝީދު ނުވަތަ މަޝްހޫރުނަމުންނަމަ "ދޮންބެ" އަކީ ކުންޑަ ޢާއިލާ އަދި އަލިބެ އާދަނު ޢާއިލާ އަށް ނިސްބަތްވާ ސަކަމިޒާޖެއްގެ ބޭފުޅެކެވެ. ހއ. އިހަވަންދޫ ރޯޒީވިލާ އަޚުމަދު ރަޝީދު ދުނިޔެއަށް އުފަންވެފައިވަނީ  2 ފެބުރުއަރީ 1974 ގައެވެ. ހުދު ކުލައަށް ލޯބިކުރާ އަހުމަދު ރަޝީދަށް އެންމެ މީރު ކެއުމަކީ ގަރުދިޔައާއި ބަތާއި ލޮނުމިރުހެވެ. އޭނާއަކީ ހުސްވަގުތުތަކުގައި އިސްލާމީ ފޮތްތަށް ކިޔުއްވާ ބޭފުޅެކެވެ. އަދި ހަމައެހެންމެ ޤުދުރަތީ މަންޒަރުތަކުގެ އިތުރުން އަމިއްލަކުރިއެރުމާއި މެދުވެސް ވިސްނާބޭފުޅެންމެއެވެ. އަހުމަދު ރަޝީދު އެންމެ ކުރާހިތްވާ މަސައްކަތަކީ ކިޔަވިއި ދިނުމެވެ. އެގޮތުން މީނާވަނީ ރަށާއި ރަށުގެ ރައްޔިތުންނަށްށާއި ތަޢުލީމީދާއިރާއަށް ވަރަށް ބޮޑެތި ޙިދުމަތްތަކެއް ކުރަށްވާފައެވެ.


ޢިލްމަށް ލޯބިކުރަށްވާ އަހުމަދު ރަޝީދު ޢާންމު ނަމުންނަމަ "ދޮންބެ" ފުރަތަމަ ތަޢުލީމު އުނގެނިފައިވަނީ އިހަވަންދޫ މަދަރުސާއިންނެވެ. އިހަވަންދޫ މަދަރުސާގައި ގުރޭޑު 6 ކާހަމައަށް ކިޔެވުމަށްފަހު އޯލެވެލް ހެދުމަށް ޓަކައި މާލޭގެ މަދަރުސަތުލް އަހުމަދިއަޔާގައި ގުރޭޑު 6 ކުން ފެށިގެން ކިޔެވުން ފުރިހަމަ ކުރަމުން ގެންދިޔައެވެ. މީގެއިތުރުން ދޮންބެ އަކީ ކުލާހުގައިވެސް ރަން ވަނަތަކެށް ޙާސިލުކުރަމުން އައި ސުކޫލުގެ ޤުރުޢާން މުބާރާތް ތަކުގައިވެސް ބައިވެރިވެ ވަނަތައް ޙާސިލްކުރަމުން އައި ފަރާތެކެވެ. ނަތީޖާއެށްގެގޮތުން އޯލެވެލްގައި ހަތްމާއްދާއިން ފާސްވެފައިވެއެވެ.

އޯލެވެލްއަށްފަހު މަތީތަޢުލީމު ހާސިލްކުރުމަށްޓަކައި އިތުރުހިތްވަރަކާއިއެކު ކިޔަވައިގެން އޭނާވަނީ ވަރަށްފުރިހަމަ ކާމިޔާބީތަކެއް ހާސިލޮކޮށްފައެވެ. އެގޮތުން އޭނާވަނީ އެޑުވާންސް ސެޓްފިކެޓް އިން ސެކެންޑަރީ އިސްލާމިކް ޓީޗިންގް ހަދައި، ޑިޕްލޮމާއިން ސެކެންޑެރީ އެޑްވާންސް ޓީޗިންގް، ބެޗްލަރ އޮފް އިސްލާމިކް ޓީޗިންގް އޮނަރސް ގެ އިތުރުން HSC ޑިޕްލޮމާ އިން  ސުކޫލް މެނޭޖްމެންޓް ހަދައި ޑިޕްލޮމާއިން 3 ވަނަ އަދި ޑިގްރީއިން 3 ވަނަ ޙާސިލް ކޮށްފައެވެ. ތަޢުލީމު ޙާސިލް ކުރި ތަންތަނުގެ ތެރޭގައި ކުއަލިއަތުއް ދިރާސާތުލް އިސްލާމިއްޔާ އަދި ޤައުމީ ޔުނިވަރސިޓީ ހިމެނެއެވެ.

އަހުމަދު ރަޝީދު ނުވަތަ (ދޮންބެ) ޚިދުމަތް ކުރަމުން ގެންދަނީ އެޑިޔުކޭޝަންގެ ދާއިރާއިންނެވެ. ލިބިފައިވާ ޢިލްމެއް އެހެންމީހަކަށް އުގަންނައި ދިނުމަކީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެކެވެ. ހަމައެހެންމެ ޓީޗަރުކަން ކުރަމުން އަންނަތާ 13 އަހިރުވެފައިވާކަމަށް އޭނާ ބުންޏެވެ. އެގޮތުން އެންމެ ފުރަތަމަ 1998 ވަނަ އަހަރު އިހަވަންދޫ ސުކޫލުގެ ވަގުތީ މުދައްރިސްކަން ކުރެއްވިއެވެ. އަދި ޖެހިގެން އައި އަހަރު 1999 ގައި އެސިސްޓެންޓް ޓީޗަރުކަން ކުރެއްވުމުގެ އިތުރުން 2001 ވަނަ އަހަރު އިސްލާމް ކިޔަވައިދޭ މުދައްރިސެއަގެ މަޤާމު ލިބުނެވެ. އަދި 2008 ވަނަ އަހަރު ގުރެޖުއޭޓް ލީޑިންގް ޓީޗަރ ކަމުގެ މަޤާމު ލިބުނެވެ. ހަމައެހެންމެ 2009 ވަނަ އަހަރު ތާޖުއްދީން ސުކޫލްގެ ލީޑިންގް ޓީޗަރ ކަމުގެ މަޤާމުވެސް ކުރެއްވިއެވެ. މީގެއިތުރުން 2013 ވަނަ އަހަރު އިހަވަންދޫ ސުކޫލުގެ ކޮލިފައިޑް ލީޑިންގް ޓީޗަރ ކަމުގެ މަޤާމުދަނީ ކުރަށްވަމުންނެވެ. އަދި އޭނާ ވަނީCCE (ސެންޓަރ ފޮރ ކޮންޓިނުއިން އެޑިޔުކޭޝަން) ގައިވެސް އިސްލާމް ކިޔަވައިދޭ މުދައްރިސް ކަމުގެ މަޤާމް ކުރަށްވާފައެވެ. އަޙުމަދު ރަޝީދު ކުރެއްވި އެހެނިހެން ވަޒީފާ ތަކަށް ބަލާލާއިރު އޭނާވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާޒުގެ ފަރާތުން މިސްކިތުގައި ހުކުރުކުރާ އިމާމުކަންވެސްް ކުރަށްވާފައެވެ.

ކުރިންވެސް ދެންނެވި  ބީދައިން އިހުމަދު ރަޝީދަކީ ކިޔެވުމައް ވަރަށް ލޯބިކުރަށްވާ ބޭފުޅެކެވެ. އެގޮތުން އޭނާ ކިޔެވުން ފުރިހަމަކުރުމަށްޓަކައި ވަނީ ވަރަށްބޮޑެތި ބުރަތަކަކާއި ތަކުލީފުތަކެއް އުފުލާފައެވެ. އޭނާވަނީ ޢާއިލާގު މާބޮޑުއެހީއަކާނުލާ އެކަނިމާއެކަނި މާލެގޮސް އޯލެވެލް ހަދައިނިންމާފައެވެ. އެއިރު ހުންނަންޖެހުނު ގޭގެ މީހުން ބުނިހާކަމެއް ކޮށްދީގެންނެވެ. އެގޮތުން ގެއަށްފެންގެނެސްދީ ، ބާޒާރުކޮށް އަދި ކުދިން ސުކޫލަށް ލާދިނުންފަދަ ކަންކަން އޭނާކުރަމުން ދިޔައީ އެއްވެސް ބުރަކަމެއް ހިތުތެރޭގައި ނުބާއްވައި ހިމައެކަނި ކިޔެވުމުގެ މަޤުސަދުގައެވެ. މޮޅުމީހަކަށް ވުމަށްޓަކައެވެ. ހަމައެހެންމެ ކޯސްތަށް ފުރިހަމަކުރުމަށްޓަކައި ޢާއިލާ ދުރުގައި އާންމުދަނީ ހޯދަމުން ކިޔެވުމަކީވެސް އޭނާކިޔެވުމަށްޓަކައި ވީ ޤުރުބާނީއެކެވެ. އަހުމަދު ރަޝީދަކީ މުޖުތަމައަށްވެސް ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. އެގޮތުން IMAGU (އިހަވަންދޫ މަސްވެރިންގެގުޅުން) މި ޖަމުއިއްޔާގެ ސެކްޓުރީކަން ކުރަށްވާފައިވެއެވެ. އަދި ހަމައެހެންމެ އެޖަމުއިއްޔާގެ 3 ވަނަ ދައުރުގެ ރައީސްކަންވެސް ކުރަށްވާފައިވެއެވެ.
އަހުމަދު ރަޝީދު ވަނީ ތަޢުލީމީ ދާއިރާއަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އިހަވަންދޫ މަދަރުސާގެ ތަޢުލީމީފެންވަރު މަތިކުރުމަށްޓަަކައި ވަަރަށް ބޮޑެތި ބުރަތަކެއް ވަނީ އުފުލާފައެވެ. އޭގެތެރޭގައި އޭނާވަނީ ސުކޫލުގެ ކަންތައްތައް ތަންފީޒުކުރުމުގައި އިސްރޯލެއް އަދާކޮށްފައެވެ. އަދި އިހަވަންދޫ ސުކޫލުގައި ގުރޭޑު 8 އުފެއްދުމުގެ ބޭނުމުގައި ހިސާބާއި، ސޯސަލް ސުޓަޑީޒްވެސް ވަނީ ކިޔަވައި ދެއްވާފައެވެ. ހަމައެހެންމެ 8 އުފެދުމާ ގުޅިގެން ގުރޭޑު 8 ކަށް ޓީޗަރުން ލިބެންދެން އިސްލާމް، އިކޮނޮމިކްސް، ކޮމަރސް، އެކައުންޓު އަދި ފިޝަރީ ސައިންސު ވަނީ ދަރިވަރުންނަށް ކިޔަވައި ދީފައެވެ. ހަމަ މިޔާއެކު ގުރޭޑު 11 އުފެއްދުމަށްޓަކައި ކުދިނަގެ ނަތީޖާ ރަނގަޅުކުރުމަށް ބެލެނިވެރިންނާ، ދަރިވަރުންނާ މަޝްވަރާކޮށް 11 އަށް ވަށްދާނެ ދަރިވަރުން ރަށުންބޭރުން ހޯދުމުގެ ދަތުރުގައިވެސް ބައިވެރިވެފައެވެ. ކުދިންގެ ތަޢުލީމީފެންވަރު ރަނގަޅު ކުރުމާށްޓަކައި ޓީޗަރުންގެ ފިލާވަޅުތަށް އޮބްޒާވް ކުރުމާއި، ހައުސް ގެ ދަރިވަރުންނަށް ކައުންސިލް ދިނުމުގެ އިތުރުން ސުކޫލުގެ މެނޭޖުމަންޓާ މަޝްވަރާކޮށް ޚިޔަލުފާޅުކުރައްވައެވެ.

2001 ވަނަ އަހަރު ޖަވާޒީ ހަޔާތެއް ފެއްޓެވި އަހުމަދު ރަޝީދުގެ 2 ކުދިން ތިބެއެވެ. އޭނާ އޭނާއެންމެ އުފާވި ދުވަހަކީ އޭނާގެ ފުރަތަމަ ދަރިފުޅު ލިބުނު ދުވަހެވެ. އަދި އެނަމެ ދެރަވީ އޭނާގެ ލޮބުވެތި މަންމަ ނިިޔާވި ދުވަސް ކަމުގައިބުންޏެވެ. ޢަރަބި ބަހުން ތަޢުލީމު ޙާސިލު ނުކުރެވުމާއި، CHSE އިން އޭލެވެލް ހެދުމުގެ ފުރުސަތު ނުލިބުން އައީ ލިބިފައިވާ ނާކާނިޔާބީއެއްކަމުގައި އޭނާ ދެކެއެވެ. އަދި މީގެ ތެރޭގައި ބިޒްނަސް މެން އަކަށް ނުވެވުންވެސް ހިމެނެއެވެ. އަހުމަދު ރަޝީދު އެންމެ ދެކެން ބޭނުންވާދުވަހަކީ އޭނައަކީ ތަޤުވާވެރިއެއްގެ ގޮތުގައި ހުރެ އަނބި މީހާއާއި ދަރިންވެސް ތަޤުވަވެރިބަޔަކަށް ހެދުމެވެ. އަދި އޭނަގެ ނަސޭޙަތަކީ އެއަވެސް މީހަކު އުނގެނުން ހުއްޓާނުލައި އުނގެނޭ ޢިލްމެއްގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފައިގެން މަރުވުމުގެ ކުރީގައި ފުރިހަމަ ތަޤުވާވެރިއަކަށްވުމެވެ. އަދި މައިންބަފައިންނާ އެހެންމީހުން ދެކެވެސް ލޯބިވާ، އެހެންމީހުންގެެ ލޯބިލިބިގެންވާ ބައެއްކަމުގައި އެންމެންވެސް ވުމެވެ. 


No comments :

Post a Comment