Wednesday, 23 October 2013

ޅެން ޝަރަހަކުރުން

ފިތުނަވެރިކަމުގެ އޮށް- ރީތި ޅެން
(ފަތިމަތު ސަޢީދު)
             ކޮންފަދަ ނުބައިކަމެއްހޭ؟ މިއަދުގިނަވަމުން ދަނީ
                             ބޮންނޭޅިޔަސް އެކީ ޖާދޫ ވިހުރުވި މުޅިން ދަނީ
              ފެށުނީއްސުރެން އަކީ އުޅެމުން އަންނަ ޢައިލާ
                              ދަށުލާ ފިތުނަފަސާދަ އުފައްދާ ނަގައިލަނީ
             އެތަކެއް ޚިޔާލުގައި އެއްބަސްވާ ދެއެކުވެރިން
                                 ހިތަށާއި ސިކުނޑިއަށް މި ނުފޫޘުންނެ ވިހަލަނީ
            ރަހުމަތް ކަމާއި ރައްޓެހިކަން އެކުވެރިން ތެރޭން   
                              ފަހުނޭވަޔާ ހަމައިން ނަމަވެސް ވަކިކޮށްލަނީ
            އަނބިފިރިކަމުގެ ގުޅުން ވަކިކޮށް ހިރަފުހާ މޮޑޭން
                              ގަބިޔާވެގެން ކަމަށް ހެދިގެން އަނގަތަޅައިލަނީ



ފިތުނައަކީ ސިހުރެކޭވެސް ބުނެވިދާނެއެވެ. އަދުގެ މުޖުތަމައަށް ބަލައިލި ކަމުގައިވިއަސް މީމިހާރު އެންމެއާންމު އެއްކަމެވެ.އެއީ ދެމީހެއް ކީއްކުރަން އެތަކެއް ބައެއްގެ ދެމެދުގައި އޮންނަ ގުޅުންކަނޑާލާ ވަރުގަދަވިހައެކެވެ. އެއީ ބުނެލާ ބަހަކުންވިޔަސް އަދިކުރާކަމަކުން ވިޔަސްމެއެވެ. ބޮމެއް ނޭޅިޔަސް އައީ މީހުންގެ މެދުގައި އޮންނަ ގުޅުން ކެނޑިހީނަރުވެގެންދާ ކަމެކެވެ. މިހުން ދިރިއުޅުމެއް ފަށައި ދަރިފަސް ކޮޅު އާލާކުރަނީ މުޖުތަމައުގައި ފިތުނަފަސާދަތައް އުފައްދައި އެމުޖުތަމައެއްގެ ސުލްޙަމަސަލަސްކަން ނަގައިލުމަކަށެއްނޫނެވެ. އުފާވެރިކަމާއި އެކުވެރިކަންމަތީގައި ދިރިއުޅުމަށެވެ. ނަމަވެސް އެންމެމީހަކު ބުނެލާބަހަކުންވެސް މުޅިޢާއިލާ ބައިބައަވެ ވިއްސި ވިހާލިވެގެން ދެއެވެ. ގިނަފަހަރަށް މީހުންގެ މެދުގައި ފިތުނައުފެދެން މެދުވެރިވާ ސަބަބަކީ އެއަބަޔަކު އަނެއްބަޔަކާ ޖައްސާލައިގެންއުޅުމުންނެވެވެ. މިސާލަކަށް: ދެރަހުމަތަތެރިއެއްގެ ގުޅުން ދުރުކުރަނީ ގިނަފަހަރަށް އެދެމީހުންނާ ދުޝްމަނުންނެވެ. މިކަމުގެސަބަބުން ދެރަހުމަތްތެރިންގެ ދެމެދުގައި އޮންނަ ގުޅުން ކެނޑިގެންދެއެވެ. ހަމައެހެންމެ ދެޢާއިލާ ދެމެދުގައިވެސް ފިތުނަ އުފެދެނީ ވަކިމީހަކުކުރާ ނޭދެވޭ ޢަމަލެއްގެ ސަބަބުނަނެވެ. ޢާއިލާއެއްގެ ދެމީހުންގެ ދެމެދުގައި ފިތުނައިގެ މައްސަލަޖެގުމުން އެކަކު އަމެއަކަކާ އެއަވެސް ގުޅުމެއް ނޯންނާނެއެވެ. އެކަކަށް ބޭނުންޖެހިފައިވާ ޙާލުގައި އަނެކުންގެ އެހީއެއް ނުލިބޭނެއެވެ. އެހީހޯދަން ދުވަން ޖެހެނީ ދުރުހިލޭ މީހުންގެގާތަށެވެ. ހަމައެހެންމެ ދެމަފިރިއެއްގެ ދެމެދުގައި މީހަކު ފިތުނައުފައްދައިފިނަމަ ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ޖެހިއެ ގުޅުމަށް ބުރުއަރައިގެން ދެއެވެ. ނަތީޖާއަކަށް ގިނަފަހަރު ވެފައޮންނަނީ ދެމިހުންގެ ދެމެދަށް ޖެހިފައިވާ މައްސަލައަށް ހައްލެއް ނައުމުގެ  ސަބަބުން ގުޅުން އިހުނަށް ވުރެ ހީނަރުވެ ވަރިފަށާހަމައަށް ދިޔުމެވެ. ވީމާ ފިތުނަވެރިކަމުން ސަލާމަތްވުމަށްޓަކައި އެކަކު އަނެއަކަށް އިތުބާރު ކުރަންޖެއެވެ. މިއީ ފިތުނައަށް އޮތްއެންމެބޮޑު ހައްލެވެ.

No comments :

Post a Comment