Wednesday, 23 October 2013

ހއ އިހަފަރުގެ ފަޅު ހެދުމުގެ މަސައްކަތް މެދު ކެނޑުން

ތަޢާރަފް؛
2004 ވަނަ އަހަރުގެ 26 ޑިސެންބަރަކީ އެތައްބައެއް ސިއްސުވާލި އެތަކެއްބައްގެ ފުރާނަ ތަކަކާއި އެތައްބައެއްގެ މުދަލާއި ގެދޮރު ނެތިގެން ދިޔަ ދުވަހެކެވެ. މިކާރިސާގައި ރާއްޖޭގެ ގިނަތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން 3500 މީހުންގެ އާބާދީއެއް އުޅެމުން އަންނަ ހއ އިހަފަރަކީވެސް މިކާރިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށެކެވެ. މިގޮތުން އެރަށުގެ ފަޅަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް ފަޅު މަރާމާތު ކުރަމުންދާ ގޮތާމެދު ރައްޔިތުން ހިތްހަމަ ނުޖެހުމުގެ ސަބަބުން ވަނީ މަސައްކަތް ހުއްޓިފައެވެ. މިރިޕޯޓަކީ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން މި މައްސަލަ ހިނގާދިޔަ ގޮތް ބެލުމަށްފަހު މި މައްސަލައަށް ޙައްލެއް ހޯދުމަށް ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓް ބިނާވެފައި ވާނީ މިހާރު ފަޅުގެ ޙާލަތު ހުރިގޮތާއި، ސަރުކާރާއި ރައްޔިތުންނާއި މެދު ކުރެވިފައިވާ މަޝްވަރާތަކާއި، ފަޅު ހެދުމުގެ މަސައްކަތް ހަވާލުކުރި ފަރާތުގެ އިތުރުން ރައްޔިތުންގެ އެއްބާރުލުން މި ކަމުގައި އޮތް ގޮތުގެ މައްޗަށެވެ. އަދި މި ކަންކަމުގެ ޙައްލުގެ މައްޗަށްވެސް މެއެވެ.


ފަޅުގެ ޙާލަތު؛
ހއ އިހަފަރުގެ ކައުންސިލެއް ކަމަށްވާ އަޙުމަދު ޢަލީ ވިދާޅުވާ ގޮތުގައި، އެރަށުގެ ފަޅު ފުރަތަމަ ފުން ކުރެވިފައިވަނީ 1990 ވަނަ އަހަރު ކަމަށާއި، ފަޅު ފުންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަައީ ރައްޔިތުންގެ މާލިއްޔަތުން ޚަރަދު ކޮށްގެން ކަމަށާއި، އަދި މަސައްކަތް ކުރެވިގެން ދިޔައީ ސީދާ ރައްޔިތުންގެ ބެލުމުގެ ދަށުން ކަމުގައި ވިދާޅުވިއެވެ. އަދި މުސުމަށް އަންނަ ބަދަލުތަކާއި ގުޅުގެން ފަޅަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ދެވަނަ ފަހަރަށް 2000 ވަނަ އަހަރު ސަރުކާރުން ވަނީ ފަޅު ފުންކުރުމުގެ މަސައްކަތް ކޮށްދީފައި ކަމަށްވެސް އެފަރާތުން ހާމާކުރެއްވި ނަމަވެސް މިއަދު މިވަނީ އުޅަދު ފަހަރަށްވެސް ފަޅަށް ވަދެވެ އުޅުން ދަތިވާ ވަރަށް ފަޅު ހަލާކުވެފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މިފަހަރު މަސައްކަތް ކުރިއަށް ގެންދިޔައީ، ޖީ.ޓީސީ ގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކޮށް ލަފާ ހޯދައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރާއި ރައްޔިތުންނާއި މެދު ކުރެވިފައިވާ މަޝްވަރާތައް؛
ފަޅުފުންކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި އިހަރަ ފުށީގެ ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ޤާސިމް ނަޝީދު، 2009 ޖެނުއަރީ 22 ވަނަ ދުވަހު ރައްޔިތުންނާ ދެއްކެވި ވާހަކާގައި  ފަޅު ފުންކުރުމަށްޓަކައި ރަށުގެ ރައްޔިތުންގެ ޚިޔާލު ފާޅުކުރެއްވިއެވެ.  މިގޮތުން  ފަޅުހެދުމަށްޓަކައި ބޭނުންވާނެ ސާމާނުތައްވެސް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވިއެވެ. ނަމަވެސް އެދުވަހު ބޭއްވި ބައްދަލުވުމަށް ޙާޟިރުވެފައި ވަނީ އެބޭފުޅާއަށް ތަޢީދު ކުރައްވާ އެބޭފުޅާގެ ޕާޓީ ކަމަށްވާ 'ކަޅުކުލަ' ޕާޓީއަށް ނިސްބަތްވާ 50 މެންބަރުންނެވެ. މިހެންވެ މި ކަމުގައި ރައްޔިތުންގެ އެއްބާރުލުން ފުރިހަމަ ގޮތުގައި ނުލިބޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މަސައްކަތް ޙަވާލުކުރި ފަރާތް؛
ހއ އިހަރަފުށީގެ ފަޅު މަރާމާތުކުރުމުގެ މަސައަކަތް ޙަވާލުކޮށްފައި ވަނީ އުވަދޯނި ކޮންސްޓްރަކްޝަންއާ ކަމަށް އިހަރަފުށީގެ ކައުންސިލަރ އަހުމަދު ޢަލީ ވިދާޅިވިއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރަށުގެ ރައްޔިތުންނާއި، މަދަނީ ޖަމިއްޔާ އަދި އެއްވެސް ކޮމިޓީއަކާއި އުވަ ދޯނި ކޮންސްޓުރަކްޝަނާ އެއްވެސް މަޝްވަރާ ނުކުރާކަމަށްވެސް އަހުމަދު ޢަލީ ވިދާޅުވިއެވެ. ރަށުގެ ފަޅު އެންމެން ހިތްހަމަޖެހޭ ގޮތެއްގައި ހެދޭނީ ރައްޔިތުންގެވެސް އެއްބާރުލުން ލިބިގެންނެވެ.

ރައްޔިތުންގެ އެއްބާރުލުން؛
ހއ އިހަރަފުށިގެ ކައުންސިލްގެ ރައީސް އިބްރާހީމް ޔާމީން ވަޙިދު، ރަށުގައި ނެރޭ ދުވަހު ނޫހަށް މަޢުލޫމާތު ދެއްވިގޮތުގައި ވަނީ ރަށުގައި ފަޅު ހެދުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން ނުލިބޭކަމަށެވެ. ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުން ތަކުންވެސް ވަރަށް މަދު އަދަދަކަށް  ނޫނީ ބޭފުޅުން ނާންނަކަމުގައިވެސް ވިދާޅުވިއެވެ. އަދި މަދަނީ ޖަމިއްޔާތަކަށް ދަޢުވަތު ދޭ އިރުވެސް އެދައުވަތަށް އިޖާބަދެނީ ހަމައެކަނި ފަތިފުށް ޖަމިއްޔާއިން ކަމަށްވެސް އެފަރާތުން ހާމަ ކުރެއްވިއެވެ. ބައްތިރީސް ނޫހަށް މަޢުލޫމާތު ދިން ގޮތުގައި އުވަ ދޯނީގެ ބޭފުޅުން ކައުންސިލްގެ ޚިޔާލު ހޯއްދަވާ ކަމަށާއި، މަދަނީ ޖަމިއްޔާ ތަކުންވެސް މަޝްވަރާކުރިކަން އެނގިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ރައްޔިތުން ބަނދަރާއި ބެހޭގޮތުން ކައުންސިލުންގެ ޚިޔާލުުހޯއްދަވަނީ ސިޔާސީ މައްސަލަތަކަކާއި ހެދި ކަމަށްވެސް އެފަރާތުން ހާމަކުރިއެވެ.

ޙައްލު؛

ހއ އިހަފަރު ފަޅުގެ މަސައްކަތް ކުރުމަށްޓަކައި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ދޭންޖެހެއެވެ. އަދި ރައްޔިތުންނާއި ކައުންސިލަރުންނާއި ދެމެދު ފަޅު ހެދުމުގައި ޚިޔާލު ބަދަލުކޮށް އެންމެ ރަނގަޅުގަޮތުގައި ކަން ނިންމަން ޖެހެއެވެ. ހަމަ އެހެން މަސައްކަތް ޙަވާލު ކޮށްފައިވާ ފަރާތުންނާއި ސަރުކާރުން ފުރިހަމަ ގޮތުގައި ކަންކޮށްގެން ނޫނީ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ނުނިމޭނެއެވެ.

No comments :

Post a Comment